ބޮޑުކަމު ދިޔުމަށް އުނދަގޫ ވާ ބޭފުޅުންނަށް ހާއްސަ ބުއިމެއް!

ކިޔުމަށް ހޭދަވާނީ 44ސ
ބޮޑުކަމު ދިޔުމަށް އުނދަގޫ ވާ ބޭފުޅުންނަށް ހާއްސަ ބުއިމެއް!

ސިއުޒާ

 

ބަނޑުހަރުވުމާއި އެނޫންވެސް ސަބަބުތައް ކުރިމަތިވެ ބޮޑުކަމުދިއުމަށް އުނދަގޫވާ ބައަކު އުޅެއެވެ. އެހެންކަމުން ޑޮކްޓަރީ ބޭސް ބޭނުންކުރުމުގެ ބަދަލުގައި ނިކަން މުބުއިން ތަޖުރިބާކޮށްލައިބަލާށެވެ!

ބޭނުންވާނެ ތަކެތި: 

-   މުގުރި ރީނދޫ

-      2/1 ލުނބޯގެ ހުތް

-      މާމުއި

-      ހޫނު ފެން

-      ކުޑަ ލޮނުކޮޅެއް

ފެންފޮދެއް ހޫނުކޮށްލާށެވެ. ފުޅިއަކަށް ނުވަތަ ތަށްޓަކަށް ރިނދޫކޮޅު އަޅާލުމަށް ފަހު އޭގެ ތެރެއަށް 2/1 ލުނބޯގެ ހުތް ފޮދު އަދި މާމުއި އަޅާލުމަށް ފަހު ހޫނު ފެންފޮދު އަޅާލާށެވެ. އަދި އޭގެތެރެއަށް ލޮނުކޮޅުވެސް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ.  

މި ބޭނުން ކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު ހުސް ގޮހޮރާއެވެ. މިބުއިމަކީ ބޮޑުކަމު ދިއުމަށް އުނދަގޫވާ މީހުންނަށް ލުއިލިބޭ ބުއިމެކެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން