ސިއުޒާ
މީގެ ހަމަ އެންމެ ތަށްޓެއް ބޯލުމުންވެސް ހިތަށް ވަރަށް ރަނގަޅު އަސަރު ކުރާނެއެވެ.
ބޭނުންވާނެ ތަކެތި:
3 ލުނބޯ
އިނގުރު ކޮޅެއް
2 ލޮނުމެދު
ފެން
ލުނބޯކޮޅު ކޮށާލުމަށް ފަހު ފެންތެއްޔަށް އަޅާލާށެވެ. އޭގެ ތެރެއަށް އިނގުރުކޮޅު އަދި ލޮނުމެދުވެސް ލާށެވެ. އެއަށްފަހު 10 ވަރަކަށް މިނިޓް ރަނގަޅަށް ކައްކާލާށެވެ. ދުވާލަކު މީގެން 1 ތަށި ބޯލާށެވެ.
މި ބުއިމަކީ ފެޓް އެބްޒޯބްޝަން ބްލޮކް ކޮށްލަދޭ އަދި ނުރައްކާތެރި ކޮލެސްޓްރޯލްގެ ބައި ދަށްކޮށްދޭ ބުއިމެކެވެ. އަދި މެޓަބޮލިޒަމް ސްޕީޑް އަވަސްކޮށްދީ ހަށިގަނޑުގައި ހުންނަ ފެޓްގެ ބައި ވިރުވާލަދޭ ބުއިމެކެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު