ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ބަލިކަށިކޮށްލުމަށް އެއްވެސް ފަރާތަކަށް ފުރުޞަތެއް ނުދެވޭނެ: ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ބަލިކަށިކޮށްލުމަށް އެއްވެސް ފަރާތަކަށް ފުރުޞަތެއް ނުދެވޭނެ: ޢަލީ ޒާހިރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ބަލިކަށިކޮށްލުމަށް އެއްވެސް ފަރާތަކަށް ފުރުޞަތެއް ނުދެވޭނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު ވިދާޅުވީ މެޖޯރިޓީ ރައްޔިތުންގެ އިޙްޞާޞްތަކާއި އުންމީދުތަކާއި އެއްގޮތަށް ގުޅިގެން އުފެދުނު ސަރުކާރު އެގޮތުގައި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑުމެން (ކޯލިޝަނުގެ ބައިވެރިން) މިތިބީ ތައްޔާރަށް ކަމަށެވެ.

ޢަލީ ޒާހިރު މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ ކޯލިޝަނުގެ އެއްބަސްވުމަށް ނުބަލައި މަޖިލީހުގެ ހުރިހާ ގޮނޑިތަކަށް އެމްޑީޕީން ކުރިމަތިލަން އެޕާޓީގެ ޤައުމީ މަޖިލީހުން ރޭ ފާސްކޮށްފައިވަނިކޮށެވެ. އެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ދިއްފުށީގައި ވާހަކަފުޅު ދެއްކެވިއިރުވެސް އެންމެ ފަހަރަކުވެސް "އަޅުގަނޑުގެ ސަރުކާރު" ކަމަށް ވިދާޅުވެފައެއް ނުވެއެވެ. ކޮންމެ ފަހަރަކުވެސް ވިދާޅުވީ "އަޅުގަނޑުމެންގެ ސަރުކާރު" ކަމަށެވެ.

މިއަދު އޮންލައިން