ސަރުކާރާއި ގުޅޭއިރު އަދި ރައްޔިތުންގެ މަޖިލީހަށް ވަންނައިރު އަތުގައި ލޯލާރިއެއްވެސް ނެތް ގިނަ ބައަކު ސަރުކާރާ ގުޅުމުން ކުއްލިއަކަށް ބޮޑެތި މަހުޖަނުންނަށް ވެފައިވާ ކަމަށާއި އެ މީހުންގެ މައްސލަތައް ބަލައި އެމީހުންގެ މުދަލާއި ކިޑްނީ ވިއްކައިގެންވެސް ބަދަލު ހޯދަން ޖެހޭ ކަމަށް ނޮޅިވަރަން ދާއިރާގެ މެންބަރު ޙުސައިން ޢަރީފް ވިދާޅުވެއްޖެއެވެ.
ޙުސައިން ޢަރީފް މަޖިލީހުގައި މިއަދު ވިދާޅުވީ ސްރުކާރުގެ ވަޒީފާތަކުގައި ތިބެންޖެހޭނީ ވެސް އަދި އަދި ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހޭނީވެސް އެމީހުންގެ ފަސްބައިގައި ވައްކަމާއި ޚިޔާނާތާއި އަނިޔާވެރިކަމުގެ "ނަޖިސްކަން" ނެތް ބައަކު ކަމަށެވެ. މަޤާމުގައި ހުރެގެން ހޯދި މުއްސަނދިކަމުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
ޙުސައިން ޢަރީފް މިއަދުވެސް ވިދާޅުވީ ވައްކަންކުރާ މީހުންނަށް ޙައްޤު އަދަބު ދިނުމަކީ އެމީހުންނަށް ވެދެވޭ އެހީތެރިކަމެއް ކަމަށެވެ. އިޞްލާޙު ވެ ތައުބާވުމަށް މަގުދައްކައިދިނުން ކަމަށެވެ. އެހެންކަމުން އެއީ ސަރުކާރުން ކޮންމެހެން ކޮށްދޭން ޖެހޭނެ ކަމެއް ކަމަށެވެ.