ކުށެއް ނުކުރާ ބައަކު ހައްޔަރުކޮށްފާނެތީ ޕީޕީއެމްގެ ބައެއް މެންބަރުން ކަންބޮވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކުށެއް ނުކުރާ ބައަކު ހައްޔަރުކޮށްފާނެތީ ޕީޕީއެމްގެ ބައެއް މެންބަރުން ކަންބޮވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންތަކެއް ހައްދަވައިގެން އުޅުއްވަނީ އެއްވެސް ކުށެއް ނުކުރާ މަޢްޞޫމް ބައަކު ހައްޔަރުކުރަން ކަމަށް ތުހުމަތުކޮށް ޕީޕީއެމްގެ ބައެއް މެންބަރުން މަޖިލީހުގައި ކަންބޮޑުވުން ފައުޅުކޮށްފިއެވެ. ޕީޕީއެމްގެ ބައެއް މެންބަރުން މިއަދު މަޖިލީހުގައި ބުނެފައިވަނީ މިއުޅެނީ ރައީސް ޔާމީނާއި ރައީސް ޔާމީނުގެ އަރިސް ބައަކު އަވަސް ގޮތަކުން ހައްޔަރުކުރަންވެގެން ކަމަށެވެ.

އަދި ރައްޔިތުންގެ ތާއީދު އޮތް، މަޖިލީހަށް ރައްޔިތުން އިންތިޚާބުކުރާނެކަން ޔަޤީންވާ ބައެއް މީހުން އަންނަ މަޖިލިސް އިންތިޚާބުގެ ކުރިން ބަންދުކޮށްފާނެތީ ކަންބޮޑުވާ ކަމަށެވެ. ރިޔާސީ ކޮމިޝަނުން މައްސަލަ ބެލި ނަމަވެސް ދައުލަތުގެ ކަމާއިބެހޭ މުއައްސަސާއަކުން މައްސަލަ ބެލި ނަމަވެސް ކުށެއް ނުކުރާ ބައަކަށް އަދަބު ދީފާނެ ކަމާއިމެދު އެހައިވަރަށް އެ މެންބަރުން ކަންބޮޑުވުން ފައުޅުކުރީ ރައީސް ޔާމީނުގެ ވެރިކަމުގައި އެއްވެސް ކުށެއް ނުކުރާ ގިނަ ބައަކު ހިފައި ހައްޔަރުކޮށް އަނިޔާކޮށް އަދި އެމީހުންގެ މައްޗަށް ބޮޑެތި ޙުކުމްތަކެއް ކޮށްފައި ވުމުން ކަމަށް ޤަބޫލުކުރެވެއެވެ.

މީގެ އިތުރުން ޕީޕީއެމުން މިފަހަރު މަޖިލީހަށް ކުރިމަތިލާން މަސައްކަތްކުރާ ގިނަ ބައަކީ ވައްކަމާއި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ބައެއްކަން ވެސް ފާހަގަކުރެވެއެވެ. މިމޭރުމުން ވާހަކަ ދެއްކެވި މެންބަރުންގެތެރޭގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް، ނިލަންދޫ ދާއިރާގެ މެންބަރު ޑރ ޢަބްދުﷲ ޚަލީލް އަދި ފޮނަދޫ ދާއިރާގެ މެންބަރު ޑރ. ޚަލީލް ހިމެނެއެވެ.

މިއަދު އޮންލައިން