ރައީސް ޔާމީނުގެ ސަރުކާރުން ރަށްތައް ދޫކުރީ ދައުލަތަށް އެންމެ ގިނަ ފައިސާ ލިބޭ ގޮތަށް ކަމަށްބުނެ މެންބަރު ފަލާހް މަޖިލީހުގަ ދޮގު ހަދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ރައީސް ޔާމީނުގެ ސަރުކާރުން ރަށްތައް ދޫކުރީ ދައުލަތަށް އެންމެ ގިނަ ފައިސާ ލިބޭ ގޮތަށް ކަމަށްބުނެ މެންބަރު ފަލާހް މަޖިލީހުގަ ދޮގު ހަދައިފި

ރައީސް ޔާމީނުގެ ސަރުކާރުން ރަށްތައް ދޫކުރީ ދައުލަތަށް އެންމެ ގިނަ ފައިސާ ލިބޭ ގޮތަށް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދައިރާގެ މެންބަރު އިބްރާހީމް ފަލާހް ދޮގުހަދައިފިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ރިޒޯޓްތަރައްޤީކުރަން ދޫކުރި ބައެއް ރަށްތައް ދޫކޮށްފައިވަނީ ހުށަހެޅި އަގުތަކަށްވުރެ 60 އިންސައްތަ މަދުން ސަރުކާރަށް ފައިސާ ލިބޭ ގޮތަށްކަން ސާބިތުކޮށްދެވޭނެ ހެކި މިއަދުނޫހަށް ވަނީ ލިބިފައެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ދޫކުރި ގިނަ އަދަދެއްގެ ރަށްތައް އިންތިހާއަށް ކުޑަ އަގުތަކުގައި ދޫކޮށްފައިވާއިރު ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ބައެއް އިންވެސްޓަރުންނަށް ރަށް ނުލިބުނީ "މޭޒުދަށުން ފައިސާ ނުދިނުމުން" ކަމަށް ވެސް ބައެއް އިންވެސްޓަރުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން