ޕީޕީއެމް ދޫކޮށް ޔާމީން ރަޝީދު އެމްޓީޑީ އަށް ސޮއި ކޮށްފި

ކިޔުމަށް ހޭދަވާނީ 57ސ
ޕީޕީއެމް ދޫކޮށް ޔާމީން ރަޝީދު އެމްޓީޑީ އަށް ސޮއި ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދު، ޕީޕީއެމް އިން ވަކިވެ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް މިއަދު ސޮއިކޮށްފިއެވެ.

 

އެމްޓީޑީ އަށް މިއަދު ޔާމީން ރަޝިދު ސޮއި ކުރެއްވީ އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމަށް ޕީޕީއެމުން އޭނާއަށް ޓިކެޓް ދީފައި ވަނިކޮށެވެ. ނަމަވެސް ޕީޕީއެމް އިން ދިން ޓިކެޓު ދޫކޮށްލެއްވިކަން އިއްޔެ އޭނާ ވަނީ ހާމަ ކުރައްވައިފަ އެވެ.

 

އަންނަ އަހަރުގެ މާރޗް މަހުގައި ބާއްވާ ރައްޔިތުންގެ މަޖިލީހަށް ދެން ވާދަ ކުރައްވާނީ އެމްޓީޑީގެ ފަރާތުންކަމަށް ވެސް އެމްޕީ ޔާމީން ވަނީ ހާމަ ކުރައްވާފައެވެ. ނަމަވެސް ވާދަ ކުރައްވާނެ ދާއިރާއެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

 

އެމްޑީޓީ އަށް މިއަދު އެމްޕީ ޔާމީން ސޮއި ކުރެއްވިއިރު، އެޕާޓީ ރެޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއެ މިހާރު ވަނީ ހަމަކޮށްފައެވެ. އެޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އެވެ.

މިއަދު އޮންލައިން