ރިޔާސީ ދެ ކޮމިޝަން އުފެއްދުމަކީ ޕީޕީއެމަށް ހަޖަމް ކުރެވޭ ވަރުކަމަކަށް ނުވެގެން މަޖިލިސް މެދުކަނޑާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ރިޔާސީ ދެ ކޮމިޝަން އުފެއްދުމަކީ ޕީޕީއެމަށް ހަޖަމް ކުރެވޭ ވަރުކަމަކަށް ނުވެގެން މަޖިލިސް މެދުކަނޑާލައިފި

ރިޔާސީ ދެ ކޮމިޝަން އުފެއްދުމަކީ ޕީޕީއެމަށް ހަޖަމް ކުރެވޭ ވަރުކަމަކަށް ނުވެގެން މަޖިލިސް މެދުކަނޑާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއިއެކު ޕީޕީއެމްގެ މެންބަރުން ގެންދިއައީ ދުންމާރި ފަދަ އަޑުގަދަކުރާ ވަސީލަތްތައް ބޭނުންކޮށް އަޑުގަދަކުރަމުންނެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދެވޭނެ ފަދަ މާހައުލެއް ޤާއިމު ކުރެއްވުމަށްޓަކައި މަޖިލިސް މެދު ކަނޑުއްވައިލައްވާ ކަމަށެވެ.

މަޖިލީހުން މިއަދު ކުރަން އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާ ރިޔާސީ 2 ކޮމިޝަނުގެ ބިލު ފާސްކުރުން ހިމެނެއެވެ.

މިއަދު އޮންލައިން