މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ނައިވާދޫއަށް ލައްގައިފި

ކިޔުމަށް ހޭދަވާނީ 44ސ
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ނައިވާދޫއަށް ލައްގައިފި

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު ހދ. ނައިވާދޫއަށް އަށް ލައްގައިފިއެވެ. 

ނައިވާދޫއަށް ކައުންސިލްގެ ރައީސް އަަހުމަދު ޒިޔާދު ވިދާޅުވީ، މިއަދު ހެނދުނު 10:00 ހާއިރު އެރަށު އިރުމަތީފަރާތު އަތިރިމަތިން މަރުވެފައި އޮތް އަންހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އެހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި އަންހެނެއްކަން އެނގުނީ ލައިގެން އޮތް ހެދުމުން ކަމަށެވެ. 

ފުލުހުންނަށް އެކަން އެންގުމުން، ހދ.ކުޅުދުއްފުށީ ގައި ތިބި ފުލުހުން މިހާރު ނާވައިދުއަށް ގަސްފައިވާ ކަމަށެވެ. ފުލުހުން އެރަށަށް ދަންދެން މަރުވެފައި އޮތް މީހާގެ ހަށިގަނޑު މަތީގައި އޮތީ ރަބަރު ގަނޑެއް އަޅާފައެވެ. 

މަރުވެފައި އޮތް މީހާއަކީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. 

މިފަހުން ހދ. އަތޮޅު އެއްވެސް ރަށަކުން މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައި ނުވާ ކަމަށް ވެސް ނައިވާދޫއަށް ކައުންސިލުން ބުނެފައިވެއެވެ.

މިއަދު އޮންލައިން