ރިޔާސީ ކެންޕޭނުގަ ޚިޔާލުތަފާތުވުމަކީ ޒާތީ މައްސަލައެއް ނޫން- އަޅުގަނޑުމެންގެ ހިތް ވަރަށް ސާފު: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރިޔާސީ ކެންޕޭނުގަ ޚިޔާލުތަފާތުވުމަކީ ޒާތީ މައްސަލައެއް ނޫން- އަޅުގަނޑުމެންގެ ހިތް ވަރަށް ސާފު: ޝައިޚް ޢަލީ ޒައިދު

"މިދިއަ ރިޔާސީ އިންތިޚާބުގައި، އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ގާތް އެކުވެރިންގެ މެދުގައި ސިޔާސީ ގޮތުން ވަރަށް ޚިޔާލުތަފާތުވިއެވެ. ނަމަވެސް އެއީ ޒާތީ ގޮތުން މައްސަލައެއް ކަމުގައި ނުދެކެމެވެ. ބައެއް ބޭފުޅުންނަށް އަޅުގަނޑުމެން ފެނިވަޑައިގަންނަވާ ކަމަށް ނުހައްދަވައި ވަޑައިގެންނެވި ނަމަވެސް އަޅުގަނޑުމެންގެ ހިތް ސާފެވެ.

" ޝައިޚް ޢަލީ ޒައިދު ޝައިޚް ޢަލީ ޒައިދު މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި އުފެދުނު ޚިޔާލު ތަފާތުވުންތައް އަދިވެސް ގިނަ ބައަކު ދަނީ ޒާތީ ހަސަދައެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. ނުވަތަ ހަސަދަވެރިކަމެއްގެ ގޮތުގައި ބާއްވަމުންނެވެ.

މިކަންކަން ބޮޑަށް ފާހަގަ ކުރެވެނީ ކޮންމެ ސަރުކާރެއްގައިވެސް ސިޔާސީ މަޤާމުތަކުގައި މަސައްކަތްކުރާ އެއްވެސް ތައުލީމީ ފެންވަރެއް ނެތް ސިޔާސީ މީހުންގެ ކިބައިންނެވެ. އެއީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކައިގެން ހޯދާ މަޤާމް ގެއްލުމުން ދިރިއުޅެން ކުރާނެ އެފަދަ މަސައްކަތެއް ނުލިބޭތީ ކަމަށްވެދާނެއެވެ.

އާދައިގެ ވަޒީފާއެއް އަދާކުރަން ލަދުގަތުމަކީ ވެސް މެދުވެރިވާ ސަބަބެކެވެ. 2008 ގައި ރައީސް މަުމޫނުގެ ސަރުކާރު ނިމުމުން މިފަދަ މައްސަލަތައް ވަރަށް މަދެވެ. ސިޔާސީ މަޤާމް ގެއްލުނު ގިނަ ބޭފުޅުން ބަދަލުވެވަޑައިގަތީ ޔުނިވަރސިޓީތަކުގެ ލެކްޗަރަރ އިން ފަދަ އަބުރުވެރި މަސައްކަތްތަކަށްކަން ފާހަގަ ކުރެވެއެވެ.

މިއަދު އޮންލައިން