ޢަރަބިއްޔާ ސްކޫލްގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ނައިބް ރައީސް ފައިޞަލް ނަސީމް މިއަދު މެންދުރު އަރަބިއްޔާ ސްކޫލަށް ވަޑައިގެންފިއެވެ. އެމަނިކުފާނު ސްކޫލަށް ވަޑައިގެންނެވިއިރު ބެލެނިވެރިން ތިބީ މަގުމަތީގައި އިހްތިޖާޖެ ކުރާށެވެ!

ބެލެނިވެރިއަކު ބުނީ އިޙްތިޖާޖުކުރަން ޖެހެނީ ސްކޫލަށް ޓީޗަރުން ހަމަކުރެވޭނެ ދުވަހެއް އަދިވެސް ސަރުކާރަށް ބުނެ ނުދެވޭތީ ކަމަށެވެ. "ނައިބް ރައީސް މިއަދުވެސް ވިދާޅުވި މައްސަލަ ހައްލުކުރަން އެބަ މަސައްކަތް ކުރައްވަމޭ. މިޞުރަށް ވަފުދެއްވެސް އެބަ ފޮނުއްވަމޭ. ދެން ކީއްތޯ އަޅުގަނޑުމެންނަށް ކުރެވޭނީ؟ އަޑު އަހައިގެން ތިބުން ނޫނީ ކުރެވޭނެ ކަމެއް ނެތެއް ނޫންތޯ؟"

ބެލެނިވެރިން މިއަދުވެސް ބުނީ މިއީ އެޑިޔުކޭޝަން މިނިސްޓްރީގެ ވަރަށް ބޮޑު އިހްމާލެއް ކަމަށެވެ. ރާއްޖޭގެ އެހެން ސްކޫލްތައް ހުޅުވެންވާއިރަށް ޓީޗަރުން ހަމަ ކުރަން މަސައްކަތް ކުރާ ފަދައިން ޢަރަބިއްޔާގެ ޓީޗަރުން ހަމަކުރަން މަސައްކަތް ނުކުރީމަ މިހެން މިވީ." ބައެއް ބެލެނިވެރިން ބުނެފައިވެއެވެ.
ޢަރަބނިއްޔާ ސްކޫލުގެ 22 ޓީޗަރުން ނުލިބި އަދި ލިބޭނެ ދުވަހެއް ބުނަންވެސް އެޑިޔުކޭޝަން މިނިސްޓްރީ ނުކުޅެދުމުން ބެލެނިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގޮސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފައިންޕުޅު ދެކެންވެސް މަސައްކަތް ކޮށްފައެވެ. ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވަނީ ބެލެނިވެރިންނާއި ބައްދަލުކުރައްވައި މައްސަލަ ހަމަޖައްސަވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.