ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ދެމީހަކު ހޯދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ދެމީހަކު ހޯދަނީ

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ  ރ.މަޑުއްވަރީ / ބްލޫސްޓާރ، ޙުސައިން ޝަރީފް (33އ) އާއި ރ.މަޑުއްވަރީ / ރިނބުދޫގެ އަޙްމަދު މިފްތާޙް (29އ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. 

މިމީހުންގެ ތެރެއިން ޙުސައިން ޝަރީފް  ހޯދަމުންދަނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ޙާޞިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ފެބުރުވަރީ 03ވަނަ ދުވަހުގެ 14:15ށް ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ. 

އަޙްމަދު މިފްތާޙް ހޯދަމުންދަނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ޙާޞިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ފެބުރުވަރީ 04 ވަނަ ދުވަހުގެ 10:00ށް ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ. 

މިމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

 

މިއަދު އޮންލައިން