ކޮޅުފުށީގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ކޮޅުފުށީގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކޮށްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މ.ކޮޅުފުށީގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު ކޮޅުފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިއަ މި ޕްރޮގްރާމްގެތެރެއިން އުޅަނދުތަކުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައިފައިވާ ކަމަށެވެ. އެގޮތުން 15 އުޅަނދެއް ބަލައިފާސްކޮށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އުޅަނދު ދުއްވި ތިން ފަރާތެއް ޖޫރިމަނާކޮށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

ފުލުހުން ބުނެފައިވަނީ މި ޕްރޮގްރާމަކީ ކޮޅުފުށީގައި ދުއްވާ އެއްގަމު އުޅަނދު ތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، ކޮޅުފުށީގެ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިއަ ޕްރޮގްރާމެއް ކަމަށެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މާލެއާއި އަތޮޅުތަކުގައި ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

 

މިއަދު އޮންލައިން