އިމެލިއާނޯ ސަލާގެ ހަނދާނުގައި ކުޅުނު ފުޓްބޯޅަ މެޗު، ވާދޫ ކާމިޔާބުކޮށްފި.

ކިޔުމަށް ހޭދަވާނީ 48ސ
އިމެލިއާނޯ ސަލާގެ ހަނދާނުގައި ކުޅުނު ފުޓްބޯޅަ މެޗު، ވާދޫ ކާމިޔާބުކޮށްފި.

ލިޔުނީ: ޒިދާން މުހައްމަދު

ގެއްލިފައިވާ އާޖެންޓީނާގެ ފުޓްބޯޅަ ކުޅުންތެރިޔާ، އިމެލިއާނޯ ސަލާގެ ހަނދާނުގައި، ރ.ވާދޫ ޒުވާނުން އިސްނަގައިގެން އިންތިޒާމުކުރި ފުޓްބޯޅަ މެޗު ވާދޫ ޒުވާނުންގެ ޓީމުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގައި ކުޅެވުނު މެޗުގައި ވާދޫ ޒުވާނުންނާ ދެކޮޅަށް ކުޅުނީ، ރ. ދުވާފަރު "ބެސްޓް ލެސް" ޓީމެވެ.

13 - 11 ގެ ނަތީޖާއަކުން، ވާދޫ ޒުވާނުންގެ ޓީމުން މި މެޗް ކާމިޔާބުކުރި އިރު، މި ފަހަކަށް އައިސް ވާދޫ ފާހަގަވެގެން ދަނީ، ފުޓްބޯޅަ ނުވަތަ ފުޓްސަލުން އަތޮޅުތެރޭގެ ރަށްރަށާ ވާދަކޮށް ކުރި ހޯދަމުން އަންނަ ރަށެއްގެ ގޮތުގައެވެ. 

މި މެޗް ފެށުމުގެ ކުރިން، އިމެލިއާނޯ ސަލާ ހަނދާނުގައި 1 މިނެޓްގެ ހަމަހިމޭންކަމުގެ ސްކޫތެއް ވަނީ ގެނެސްފައެވެ. މި ސްކޫތުގައި، ދެޓީމުގެ އިތުރުން، ދަނޑަށް ވަޑައިގެން ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މިއަދު އޮންލައިން