ވިލިމާލެ ސާފުކޮށް 35 ޓަނުގެ ކުނި ނަގައިފި

ކިޔުމަށް ހޭދަވާނީ 52ސ
ވިލިމާލެ ސާފުކޮށް 35 ޓަނުގެ ކުނި ނަގައިފި

ވިލިމާލެ ސާފުކޮށް 35 ޓަނަށްވުރެ ގިނަ ކުނި މިއަދު ނަގައިފިއެވެ. 

"ސާފު ރާއްޖެ – އަހަރެންގެ ވެސް ޒިންމާ" މިޝިއާރުގެ ދަށުން ވިލިމާލޭގައި ފެށި ކެމްޕެއިން ފަށްޓަވާދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިހަރަކާތުގައި ނައިބު ރައީސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވިއިރު، މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުޙައްމަދާއި ވެމްކޯގެ މުވައްޒަފުންގެ އިތުރުން ވިލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވިއެވެ. 

މިކެމްޕެއިނު ހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވެމްކޯ ގެ އޮފިޝަލަކު ވިދާޅުވީ، މިހަރަކާތުގައި ވިލިމާލޭގެ ގޮނޑުދޮށާއި ސިނާއީ ސަރަޙައްދުތަކާއި ޕާކުތަކާއި ބައެއް މަގުތައް ވެސް ސާފު ކޮށްފައިވާ ކަމަށާއި ވިލިމާލެ ސާފު ކުރިއިރު، ކުނީގެ ގޮތުގައި ބޮޑަށް ފެނިފައިވަނީ ޕްލާސްޓިކު ކަމަށެވެ.

ސަރުކާރުން އިސްނަގައިގެން އިއްޔެ ފެށި މިހަރަކާތަކީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެކެވެ. މިހަރަކާތަށް އެންމެން އެއްބާރުލުން ދިނުމަށް ރައީސް އިބްރާހިިމް މުޙައްމަދު ޞާލިޙު ވަނި އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން