ހިރިލަންދު އާއި ވޭމަންޑުއާއި ކިނބިދޫގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 15ސ
ހިރިލަންދު އާއި ވޭމަންޑުއާއި ކިނބިދޫގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކޮށްފި

 ތ. ހިރިލަންދު އާއި ވޭމަންޑުއާއި ކިނބިދޫގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކޮށްފިއެވެ.

އެގޮތުން ހިރިލަންދޫގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް ފެބުރުވަރީ 1ވަނަ ދުވަހުގެ ހަވީރު ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ކުރިއަށްގެންގޮސްފައިވާއިރު ވޭމަންޑޫގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް ފެބުރުވަރީ 1ވަނަ ދުވަހުގެ ރޭ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން މިވަނީ ކުރިއަށް ގެންގޮސްފަވެއެވެ.

މީގެއިތުރުން ކިނބިދޫގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް ޖަނަވަރީ 31ވަނަ ދުވަހު ކިނބިދޫ ޕޮލިސް ސްޓޭޝަނުންވެސް މިވަނީ ކުރިއަށް ގެންގޮސްފަވެއެވެ.

އެ ތިން ރަށުގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ، ރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި ރަށުގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.


އެއްގަމު އުޅަނދުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް މިޕްރޮގްރާމްގެ ތެރެއިން ބަލައިފައިވެއެވެ. އެގޮތުން ހިރިލަންދޫގައި ދުއްވާ 25 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު ވޭމަންޑޫގައި ދުއްވާ 35 އުޅަނދެއް ބަލައިފާސްކޮށްފައިވެއެވެ.

އަދި ކިނބިދޫގައި ދުއްވާ 16 އުޅަނދެއް ބަލައިފާސްކޮށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އުޅަނދު ދުއްވި ފަރާތްތަކަށް ނަސޭޙަތްތެރިވެފައިވެއެވެ.

މިއަދު އޮންލައިން