ކ.ހިންމަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކުު ހައްޔަރުކޮށްފިއެވެ.
މިމައްސަލަގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ. ފެބުރުވަރީ 01 ވަނަ ދުވަހުގެ 22:05 ހާއިރު ހިންމަފުށި ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހިންމަފުށީ ބަނދަރު ސަރަޙައްދުގައި ހުރި މީހެއްގެ އަމަލުތައްހުރި ގޮތުން އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.