އޭޓީއެމް ތަކުން މިދިޔަ އަހަރު 415 މިލިއަން ޑޮލަރު، ކަސްޓަމަރުން ނަގާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މިއީ 2017 ވަނަ އަހަރަށްވުރެ 115 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ބީއެމްއެލް އިން ބުނިގޮތުގައި އެއަހަރު ކަސްޓަމަރުން ނަގާފައިވަނީ 300 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރު އެ ބީއެމްއެލްއިން ވަނީ ދަތުރުވެރިންނަށް 264.7 މިލިއަން ޑޮލަރު ވިއްކާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދަތުރުވެރިންނަށް ރާއްޖެއިން ވިއްކި 42.7 މިލިއަން ޑޮލަރާއި ބޭރު ގައުމުތަކުގައި ކާޑުން ހޭދަކުރި 222 މިލިއަން ޑޮލަރެވެ.
މީގެއިތުރުން ދަތުރުވެރިންނަށް ވިއްކި ޑޮލަރުގެ މިންވަރު 2017 ވަނަ އަހަރާ އަޅާބަލާއިރު މަދު ކަމަށް ބޭންކުން ހާމަކޮށްފައިވެއެވެ. އެގޮތުން އެ އަހަރު 48.1 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.