ގެނބެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ސަލާމަތް ކޮށްފި

ކިޔުމަށް ހޭދަވާނީ 38ސ
ގެނބެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ސަލާމަތް ކޮށްފި

ތ. ގުރައިދޫ ނެރުތެރެއަށް ގެނބެމުން ދިޔަ، އުމުރުން ދުވަސްވީ މީހަކު ސަލާމަތް ކޮަށްފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދު މެންދުރުފަހު 14:55 ހާއިރު ހިނގި މިހާދިސާގައި، ގެނބެމުން ދަނިކޮށް ސަލާމަތް ކޮށްފައިވަނީ އުމުރުން 82 އަހަރުގެ ފިރިހެނެއް ކަމަށެވެ. 

އޭނާ ސަލާމަތް ކުރީ ފުލުހުންނާއި އާއްމު ރައްޔިތުންގެ އެހީތެރިކަމާއެކު ކަމަށްވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ. 

ގެނބެމުން ދަނިކޮށް ސަލާމަތް ކުރި މީހާއަށް ތ. ގުރައިދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށާއި މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެމީހާ ގެނބުނީ، ތޮށިގަނޑު މަތިން ދަނިކޮށް މޫދަށް ވެއްޓި، އެސަރަޙައްދުގައި އޮޔެބާރުކަމުން ނެރާ ދިމާލަށް ދަމައިގަނެގެންނެވެ.

މިއަދު އޮންލައިން