15 ދުވަހުގެ ތެރޭގައި 3.8 މިލިއަން ރުފިޔާ މޯލްޑިވިއަން އަށް ދައްކަން ޕީޕީއެމްގެ މައްޗަށް ހުކުމްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
15 ދުވަހުގެ ތެރޭގައި 3.8 މިލިއަން ރުފިޔާ މޯލްޑިވިއަން އަށް ދައްކަން ޕީޕީއެމްގެ މައްޗަށް ހުކުމްކޮށްފި

15 ދުވަހުގެ ތެރޭގައި 3.8 މިލިއަން ރުފިޔާ މޯލްޑިވިއަން އަށް ދައްކަން ޕީޕީއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިފައިސާ ދެއްކުމަށް ސިވިލް ކޯޓުން ޕީޕީއެންގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިއަދު އެވެ.

ޕީޕީއެމުން ވަނީ މިފައިސާ އަކީ ދައްކަންޖެހޭ އެއްޗެއްކަމަށް ކޯޓުގައި އެއްބަސްވެފައެވެ.

މިދިއަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޕީޕީއެމުން ކުރި ދަތުރުތަކަށް މޯލްޑިވިއަން އަށް 4.8 މިލިއަން ރުފިޔާ ދައްކަން ކުރިން އޮތްނަމަވެސް މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ޕީޕީއެމުން ވަނީ އެއް މިލިއަން ރުފިޔާ ދައްކައިފައެވެ.

 

 

މިއަދު އޮންލައިން