އިސްރަށްވެހިންނަށް ޚާއްސަ ހަވީރެއް މިމަހު ބާއްވަނީ!

ކިޔުމަށް ހޭދަވާނީ 1މ 10ސ
އިސްރަށްވެހިންނަށް ޚާއްސަ ހަވީރެއް މިމަހު ބާއްވަނީ!

މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އިސްނަގައިގެން އިސްރަށްވެހިންނަށް ޚާއްސަ ހަވީރެއް މިމަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

 

ދެޖިންސުގެ ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން ބާއްވާ މިހަރަކާތުގެ މަޤުސަދަކީ، ދޮށީ އުމުރުގެ މީހުންނާއި އެމީހުން ބަލަހައްޓާ ފަރާތްތަކަށް ހިތްހަމަޖެހޭ އުފާވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ހޯދައި ދިނުމެވެ. އެގޮތުން މިހަވީރުގައި ގިނަ ކަންތައްތަކެއް ކުރުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.

 

އޭގެތެރޭގައި ހިމެނެނީ ނަސޭހަތުގެ ބަސް ފޯރު ކޮށްދިނުމާއި، ދުޅަހެޔޮ ކާނާއާއި ގޭގައި ކުރެވޭނެ ލުއި ކަސްރަތުތައް ދަސްކޮށްދިނުމާއި، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކެވެ. އަދި ދޮށީ އުމުރުގެ މީހުންގެ ކަންކަން ބަލަހައްޓަމުން ގެންދާ ފަރާތްތަކަށް ވެސް މުހިންމު މައުލޫމާތުތަކެއް މިހަވީރުގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން މައުލޫމާތު ދީފައިވެއެވެ.

 

މިހަވިރު ބާއްވާތަނެއް އަދި އެނގިފައި ނުވިނަމަވެސް މިހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުއެވެ. އޭގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލު، ސައުތު ކެޓަރިން، އެމްއެންޑީއެފް ގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތައް ހިމެނެއެވެ.

މިއަދު އޮންލައިން