ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބ. ކިހާދޫގައި ހުންނަ "ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައިލައްވައިފިއެވެ.
އެމަނިކުފާނުގެ މި ޒިޔާރަތުގައި އެތަނުގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.