ސައިކަލެއް ސްޓާޓް ކުރުމުގެ ތެރޭގައި މޫން ކެފޭ ހޮޓެލްގެ ތެރެއަށް ވަދެއްޖެ!

ކިޔުމަށް ހޭދަވާނީ 28ސ
ސައިކަލެއް ސްޓާޓް ކުރުމުގެ ތެރޭގައި މޫން ކެފޭ ހޮޓެލްގެ ތެރެއަށް ވަދެއްޖެ!

ދުއްވާލަން ސައިކަލެއް ސްޓާޓް ކުރުމުގެ ތެރޭގައި، ކޮންޓްރޯލް ނުވެގެންގޮސް، މޫން ކެފޭ ހޮޓެލްގެ ތެރެއަށް ވަދެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ބުނިގޮތުގައި، މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:30 ގައެވެ.

ސައިކަލު ވަނުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެހޮޓެލްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކޮންޓްރޯލް ނުވެގެން އެހޮޓަލު ތެރެއަށް ވަތް ސައިކަލު ދުއްވަން އިނީ ލައިސެންސް އޮތް އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ

 

މިއަދު އޮންލައިން