ހަސަދަވެރިކަން ބޮޑުވި ނަމަވެސް މިއީ ދެން ތަންކޮޅެއް ބޮޑުވަރު ނޫންތޯ؟ ބޭރުކުރާނަމަ ބޭރުކުރަންވީ ހިޖުރަ އޮޅިފައި ތިބި ބައަކު ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ހަސަދަވެރިކަން ބޮޑުވި ނަމަވެސް މިއީ ދެން ތަންކޮޅެއް ބޮޑުވަރު ނޫންތޯ؟ ބޭރުކުރާނަމަ ބޭރުކުރަންވީ ހިޖުރަ އޮޅިފައި ތިބި ބައަކު ނޫންތޯ؟

ސްޕްރީމް ކޯޓުން ވިލާ ގްރޫޕުގެ މައްސަލަތައް ވިލާ ގްރޫޕާއި އެއްކޮޅަށް ނިންމައި ޙުކުމްކުރީ 18 އެޕްރިލް 2018 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް މާމިގިލި ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ހަމަޖެއްސުމަށް މަޖިލީހުގެ 62 މެންބަރުން ވޯޓު ދެއްވީ 1 ނޮވެމްބަރު 2018 ގައެވެ.   

އެހެންކަމާއިއެކުވެސް އެމްޑީޕީގެ އެންމެ ސީނިއާ އެއް މެންބަރު އަދި އެޕާޓީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ޚާމިދު އަބްދުލްޣަފޫރަށް އެނގިވަޑައިގެންފައި މިއޮތީ ސްޕްރީމް ކޯޓުގެ ޙުކުމަކީ މަޖިލީހުގެ ރައީސް ކަމުގައި ޤާސިމް އިބްރާހީމް އިންނަވައިގެން އަމިއްލަ ވިޔަފާރި މަސްލަހަތު ދަމަހައްޓަން ފަނޑިޔާރުންނަށް ރިޝްވަތުދެއްވައިގެން ކޮށްފައިވާ ޙުކުމެއް ކަމަށެވެ.

ކަމަކުން ނުވަތަ ތަނަކުން ބޭރުކުރާނަމަ ކުރަންވީ މިވަރަށް ހިޖުރަ އޮޅިފައި ތިބޭ ހާލުގައި އުޅެމުންދާ މީހުން ނޫންބާވައެވެ!

މިއަދު އޮންލައިން