މިފްކޯ އާ މިފްކޯ މަސްފިހާރަ ފަޅާލައި ވައްކަންކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
މިފްކޯ އާ މިފްކޯ މަސްފިހާރަ ފަޅާލައި ވައްކަންކޮށްފި

މިފްކޯ އާއި މިފްކޯ އާއި އިންވެގެން ހުރި މަސް ފިހާރަ ފަޅާލައި ވައްކަންކޮށްކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 7.58 ހައިއިރު ކަމަށާއި މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

މިފްކޯ ހުންނަނީ ސިފައިންގެ އެންމެ ބޮޑު ކޮށި، ކަޅުތުއްކަލާ ކޮށި ކުރިމަތިންނެވެ. ފުލުހުންގެ މަރުކަޒު، އިސްކަންދަރުކޮށްޓާއި އަދި އިންވެގެން ހުރި ފުލުހުންގެ ކޮށިތަކަށް ދުރުން ނަމަވެސް ފެންނާނެ ފަދަ ގޮތަކަށެވެ.

އެހެންކްމުން އަބަދު ސިފައިންނާއި ފުލުހުން ދުއްވައި، ހަރަކާތްތެރިވާ މިފަދަ ސަރަހަހައްދެއްގައި މިފަދަ ކަމެއް ކުރުމުން ވަގުންނަށް ލިބިފައިވާ ހުޝިޔާރުކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. އަދި މިއީ ހަމަ "ވަގުން" ކުރި ކަމެއް ކަމާއިމެދުވެސް ސުވާލު އުފެދެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން މިހާރު ގެންދަނީ ސީން ބަލައި ތަހްޤީޤް ކުރަމުން ކަމަށާއި އެ މަސައްކަތް ނިމުމުން އިތުރު ތަފްޞީލް ހާމަކުރާނެ ކަމަށެވެ.

މިއަދު އޮންލައިން