ހުޅުމާލޭގައި ސްޓިކާ ޖަހާނެ ކަމަށް ފުލުހުން ބުނެފި!

ކިޔުމަށް ހޭދަވާނީ 43ސ
ހުޅުމާލޭގައި ސްޓިކާ ޖަހާނެ ކަމަށް ފުލުހުން ބުނެފި!

ލިޔުނީ: ޒިދާން މުހައްމަދު

މާލޭގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ނުޖެހި ނަމަވެސް ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހާނެ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގައި އެކަށިގެންވާ ވަރަށް ޕާކް ކުރާނެ ސްޕޭސް އެބައޮތް ކަމަށާއި ނަމަވެސް މާލޭގައި އެކަށީގެންވާ ވަރަށް ޕާކިން ސްޕޭސް ނެތުމުން މާލޭގައި ޕާކު ކުރުމުގެ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން، މާލެ ފިޔަވާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ގަވައިދާ ހިލާފަށް ޕާކުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން، ފާހަގަކޮށްލެވޭ ގޮތުގައި، މާލޭގައި ޕާކް ކުރާނެ ޖާގަ ނުދައްކައި ސްޓިކާ ނުޖެހުމަކީ، ރައީސް ޞާލިޙްގެ ރިޔާސި ވައުދެއްކަން ފާހަގަކުރެވެއެވެ. އަދި މި ވައުދާ އެއްގޮތަށް އަމަލުކުރަން ފަށާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

މިއަދު އޮންލައިން