ލިޔުނީ: ޒިދާން މުހައްމަދު
ކުރީގެ ރައީސް އަބްދުﷲ ޠަމިންގެ ސަރުކާރުން މާފު ދިނުމަށްފަހު ދޫކޮށްލި މީހަކު އަނެއްކާވެސް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
ށ. މިލަންދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭސަނެއްގައި، އެމީހާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 07:30 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އެމީހާ ހައްޔަރުކުރިއިރު، އެމީހާ އަތުން، މަސްތުވާތަކެތި ކަމަށް ބެލެވޭ ޒާތުގެ އެއްޗެހިތަކެއް ފުލުހުން އަތުލާފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހައްޔަރުކޮށްފައިވާ މީހާ އަކީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރީގެ ރައީސް ޔާމިން މާފުދެއްވި މީހުންގެ ތެރޭފައި ހިމެނޭ މީހެއް ކަމަށެވެ. ނަމަވެސް، އެމީހާ ވަނަވަރުގެ އެއްވެސް މައުލޫމާތެއް އޭނާ ހިއްސާކޮށްފައި ނުވެއެވެ.