ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލަކަށް ޞިއްޙީ ދާއިރާގައި ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރއްވާފައިވާ ޙުސައިން ރަޝީދު ހަމަޖައްސައި އެކަން އިލެކްޝަންސް އަށް އަންގައިފިއެވެ.
ޙުސައިން ރަޝީދަކީ މިދިއަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކުރުމުން ސަރުކާރު ޤާނޫނާއި ޚިލާފްވެއްޖެ ކަމަށް ވިދާޅުވެ މަޤާމުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޖޭޕީން ބުނީ އެ މަޤާމަށް ޙުސައިން ރަޝީދު ހަމަޖެއްސީ އެ މަޤާމުގައި ކުރިން ހުންނެވި އަޙްމަދު ސަމީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާތީ ޕާޓީގެ މިފަދަ މަޤާމަކަށް ވަގުތު ނުދެއްވޭތީ މަޤާމުން އިސްތިޢްފާ ދެއްވުމުން ކަމަށެވެ.
ސަމީރު ވަނީ ޕާޓީގެ ސެކެޓްރީ ޖެނެރަލްކަމުގައި ހުންނަވައި ޕާޓީ ހިންގުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރައްވައި ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.