ކ. ހިއްމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި ނިޔާވެފައިވަނި އުމުރުން 34 އަހަރުގެ ފިރިހެނެކެވެ.
މިއަދު ހަވީރު އޭނާ ކުޅެ ނިންމާފައި ދަނިކޮށް ޚަބަރު ހުސްވެގެން ވެއްޓުނު ކަމަށާއި އޭނާއަށް ވީނުވީއެއް ބެލިއިރު ނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 18:14 ގައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ