ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެ!

ކިޔުމަށް ހޭދަވާނީ 36ސ
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެ!

ފުވައްމުލަކުގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދިން ގޮތުގައި މިއެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހަވީރު 17:17 ހާއިރު، ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މިއެކްސިޑެނޓުގައި އަނިޔާވެފައިވަނީ އުމުރުން 65 އަހަރުގެ މީހަކަށް ކަމަށާއި އޭނާ އިނީ އެކްސިޑެންޓުވީ ސައިކަލުގެ ފަހަތުގައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

 

އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

 

މިއެކްސިޑެންޓުގައި ކާރުގައި އެވަގުތު ތިބި މީހުންނަށާއި ސައިކަލު ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު އޮންލައިން