އެސްޓީއޯ ފުށްގުދަން ކައިރީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކާއި ފިރިހެނަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއެކްސިޑެންޓު ހިނގާފައިވަނީ މިރޭ 21:30 ހާއިރު ކަމަށާއި އެކްސިޑެންޓުގައި އަނިޔާވީ ދެމީހުންނަށް މިހާރު އައިޖީއެމްއެޗް އިން ފަރުވާ ދެމުން ގެންދާ ކަމަށެވެ.
އެމީހުންނަށް ލިބިފައިވާ އަނިޔާ ތަކުގެ ތަފްސީލެއް ފުލުުހުން ދެއްވާފައި ނުވި ނަމަވެސް، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއެކްސިޑެންޓު ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.