ރައީސް ޔާމީން ވެރިކަމުގެ ޗީފް އޮފް ސްޓާފް މުސްތަފާ ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 39ސ
ރައީސް ޔާމީން ވެރިކަމުގެ ޗީފް އޮފް ސްޓާފް މުސްތަފާ ހައްޔަރު ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ބ. ތުޅާދޫ ވިންޓަހައުސް، މުސްތަފާ މުހައްމަދު ހައްޔަރުކޮށްފި އެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މުސްތަފާ ހައްޔަރު ކޮށްފައިވަނީ ފަތުރުވެރިކަމަށް ރަށެއް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި ހެކިންނަށް ބިރު ދައްކަމުންދާ ކަމުގެ ތުހުމަތުގައެވެ.

 

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު 16:00 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

 

 

މިއަދު އޮންލައިން