ބީއެމްއެލް އިން ދޫކުރާ އަމިއްލަ ލޯނުތަކަށް ފަސޭހަ، ހެޔޮ ބަދަލެއް..!

ކިޔުމަށް ހޭދަވާނީ 2މ 23ސ
ބީއެމްއެލް އިން ދޫކުރާ އަމިއްލަ ލޯނުތަކަށް ފަސޭހަ، ހެޔޮ ބަދަލެއް..!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންނަށް އެބޭންކުން ދޫކުރާ އަމިއްލަ ލޯނުތަކަށް، ފަސޭހަ ހެޔޮ ބަދަލެއް ގެނެސްފިއެވެ.

 

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ހ. ޝުއެޒް ގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ގެ ޑެޕިއުޓީ ސީއީއޯ އެންޑް ޑައިރެކްޓާރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފު ވިދާޅުވީ ލުއި ލޯނުފަދަ، އާންމު ފަރުދުންނަށް ބީއެމްއެލް އިން އަމިއްލަ ބޭނުންތަކަށް ދޫކުރާ ލޯނުތަކަށް، ވަރަށް ހެޔޮ ބަދަލުތަކެއް އެބޭންކުން ގެނެސްފައިވާ ކަމަށާއި ލުއިލޯނު އަނބުރާ ދައްކާއިރު ބޮޑު އިންޓްރެސްޓެއް ދައްކަން ޖެހުން ކަމުގައިވިޔަސް އެލޯނަކީ ރަހުނަކާއި ނުލާ އަބަދުވެސް ދޫކުރާ ލޯނެއް ކަމަށެވެ. އަދި ލުއިލޯނަކީ ކުއްލިއަކަށް ކުރަންޖެހޭ ކަންކަން ކުރުމަށް ފަސޭހައިން ނެގޭނެ ލޯނެއް ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

 

ބީއެމްއެލް އިން ދޫކުރާ ލޯނުތަކަށް ގެނެސްފައިވާ ހެޔޮ ބަދަލުތަކާއިމެދު މައުލޫމާތު ދެއްވަމުން އެބޭންކުގެ ޑައިރެކްޓާރ އޮފް ބިޒްނެސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ބީއެމްއެލް އިން އާންމު ފަރުދުންގެ އަމިއްލަ ބޭނުމަށް ދޫކުރާ ތިން ލޯނަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

 

"މަހު މުސާރަ ލިބޭ ފަރާތްތަކަށް ކުރިން ދޫކުރި 15،000 ރުފިޔާގެ ލުއިލޯނު މިހާރު މިވަނީ 'ލުއި މައިކްރޯ' ލޯނުގެ ނަމަށް ބަދަލުކޮށް 25،000 ރުފިޔާއަށް އަދަދު ވެސް ބަދަލު ކޮށްފަ. ލުއި މައިކްރޯ ލޯނު ފަސް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ދައްކާ ޚަލާސް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ. ދެން އިންނާނީ 'ލުއި އެކްސްޕްރެސް' ލޯނު. މިއީ ކުރިން ދޫކުރި 50،000 ރުފިޔާގެ ލޯނު. ނަމަވެސް މިހާރު މިލޯނުގެ އަދަދު ވާނީ 300،000 ރުފިޔާ އަށް އިތުރު ކޮށްފަ. މިއީ ވެސް މަހު މުސާރަ ލިބޭ ފަރާތްތަކަށް ނެގޭ ގޮތަށް ޚާއްސަ ކޮށްފައިވާ ލޯނެއް. މިލޯނުވެސް ދެއްކުމުގެ މުއްދަތަކީ ފަސް އަހަރު ދުވަސް. މިއީ މިހާރު ތަކެތީގެ އަގުތައް ވެސް މަތިވެފައިވުމުގެ ސަބަބުން ބީއެމްއެލް ގެ ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ގެނައި ބަދަލެއް. ދެން އިން ލޯނަކީ 'ލައިފްސްޓައިލް' ލޯނު. މިއީ 100،000 ރުފިޔާގެ ލޯނެއް. މިއީ އަމިއްލަ (ކުދި) ވިޔަފާރިއެއް ފަށައިގެން ނުވަތަ ފެށުމަށް ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހައަކަށް ތަޢާރަފްކޮށްފައިވާ ލޯނެއް. މިލޯނު ދެއްކުމުގެ މުއްދަތަކީ ވެސް ފަސް އަހަރު ދުވަސް" ކުލްދީޕް ވިދާޅުވިއެވެ.

 

މަހު މުސާރަ ލިބޭ (ވަޒީފާއެއްގައި އުޅޭ) ފަރާތްތަކަށް ބީއެމްއެލް އިން މިލޯނުތައް ދުކުރަނީ، އެފާރަތްތަކުގެ މުސާރަ ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާވާނަމަ އެކަންޏެވެ. ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި މިލޯނުތަކަށް އެދި ހުށަހަޅާތާ ފަސް ދުވަސް (ސަރުކާރު ބަންދު ނޫން ފަސް ދުވަސް) ތެރޭގައި، ލޯނު ލިބުން ހަމަޖެހޭނެއެވެ. 

 

މިއަދު އޮންލައިން