ހޮރައިޒޮން ފިޝަރީޒް ކޮމްޕެނީގެ 160،000 ރުފިޔާ ހުރި ލެޕްޓޮޕް ދަބަހެއް މާލޭ މަގެއްގެ މަތިން މީހެއް އަތުން ފޭރިގެންފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި އެމީހާ އަތުން އެދަބަސް ފޭރިގެންފައިވަނީ ފިޔާތޮށި މަގުން ޒިޔާރަތް މިސްކިތް ކައިރިން، މިއަދު ހެނދުނު 10:45 ހާއިރެވެ.
މިމައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
އިތުރު ތަފްސީލު އަންނަނީ..