ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ މުލީއާގޭގެ ޗީފް އޮފް ސްޓާފް ބ. ތުޅާދޫ ވިސްޓަހައުސް މުސްތަފާ މުޙައްމަދުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ފުލުހުންގެ އިދާރައިން ވެސް މިކަން ކަށަވަރު ކޮށްދީފައިވާއިރު، ކޯޓު އަމުރެއްގެ ދަށުންއޭނާ ހައްޔަރު ކޮށްފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އިއްޔެ ހަވީރު 16:00 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މުސްތަފާ ހައްޔަރު ކޮށްފައިވަނީ ފަތުރުވެރިކަމަށް ރަށެއް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި، ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި ހެކިންނަށް ބިރު ދައްކަމުންދާކަމުގެ ތުހުމަތުގައި ކަމަށެވެ.