ޖޭޕީގެ ޓިކެޓުގައި ވާދަކުރަން އިތުރު 8 މީހަކަށް ޓިކެޓް ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޖޭޕީގެ ޓިކެޓުގައި ވާދަކުރަން އިތުރު 8 މީހަކަށް ޓިކެޓް ދީފި

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ކުރިން ޓިކެޓް ހަވާލުކޮށްފައިވާ 36 މީހުންގެ އިތުރަށް 8 މީހަކަށް ޓިކެޓް ދީފިއެވެ.  

މިރޭ ޓިކެޓް ހަވާލުކުރީ އާދަމް މޫސަ (އިހަވަންދޫ ދާއިރާ)، އިބްރާހީމް މަންޞޫރު (މިލަންދޫ ދާއިރާ)، އިސްމާޢީލް ނަޞީރު (ނޮޅިވަރަން ދާއިރާ)، ނ.މިލަދޫ ޢަބަދުއްސައްތާރު (ހޮޅުދޫ ދާއިރާ)، އަޙްމަދު ޝަރީފް (ކިނބިދޫ ދާއިރާ)، މުޙައްމަދު އަހްމަދު (މަޑަވެލި ދާއިރާ)، ޢަބަދުﷲ ޢަބްދުލްޙަކީމް (ނައިފަރު ދާއިރާ)، މުޙައްމަދު ފަރުހާދު (އައްޑޫ މީދޫ ދާއިރާ) އަށެވެ.  

މި މީހުންނާއި ޓިކެޓް ޙަވާލުކުރުމަށް މިރޭ ޖޭޕީގެ މައި މަރުކަޒް މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ އަދިވެސް އިތުރު ދާއިރާތަކަށް ޕާޓީގެ ޓިކެޓް ހަވާލުކުރެވޭނެ ކަމަށެވެ.  

ޖުމްހޫރީ ޕާޓީން މިފަހަރުގެ އިންތިޚާބުގައި ވާދަކުރުމަށް މިރެއާއިއެކު މިހާރު ވަނީ 44 މީހަކަށް ޓިކެޓް ދީފައެވެ.

މިއަދު އޮންލައިން