ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު ހިތަދޫގައި ހުޅުވައިފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު ހިތަދޫގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިއެވެ.

 

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން ފުރަތަމަ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، އައްޑު އަކީ ރާއްޖޭގެ އިގުތިސާދު ގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއް ކަމަށެވެ. އައްޑޫ ގައި ހިންގާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ބިޒްނަސް ސެންޓަރެއް ގާއިމް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި އައްޑޫ ބިޒްނަސް ސެންޓަރު ގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެ އެވެ. އަދި ވިޔަފާރިއާ ގުޅޭ ލަފާ އާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި ލޯނަށް އެދި ހުށަހެޅުމުގެ މަރުހަލާ ގައި އެހީތެރިކަން ވެސް އެތަނުން ލިބޭނެ އެވެ.

 

މީގެއިތުރުން ބީއެމްއެލް އިން ބުނީ ކުރިމަގުގައި މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ވެސް ބިޒްނަސް ސެންޓަރުތައް އެބޭންކުން ގާއިމް ކުރާނެ ކަމަށެވެ.

މިއަދު އޮންލައިން