ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޗެއާމަން އަކަށް އެ ކުންފުނީގެ ކުރީގެ ސީއީއޯ މުހައްމަދު ރަޝީދު މިއަދު އައްޔަން ކޮށްފިއެވެ.
މުޙައްމަދު ރަޝީދަކީ އެކުންފުންޏަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން އަންނަ ބޭފުޅެކެވެ.
ސްޓެލްކޯގެ ޗެއާމަން އަކަށް މިއަދު މުހައްމަދު ރަޝީދު އައްޔަން ކޮށްފައިވާއިރު، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަކަށް މިދިޔަ ޑިސެމްބަރު މަހު ވަނީ ހަސަން މުގުނީ އައްޔަން ކޮށްފައެވެ.