ޕޫނޭގަ އިލެކްޓްރިކް ބަސް ބޭނުންކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޕޫނޭގަ އިލެކްޓްރިކް ބަސް ބޭނުންކުރަން ފަށައިފި

އިންޑިއާގެ ޕޫނޭގައި ބަސްދަތުރުތަކަށް ކަރަންޓުން ދުއްވާ ބަސް ބޭނުންކުރަން ފަށައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއަދު ވަނީ ޕޫނޭގައި ކަރަންޓުން ދުއްވާ 25 ބަސް ބޭނުންކުރަން ފަށައިފައެވެ. އެއާކޮންޑިޝަންކޮށްފައިވާ މި ބަސްތައް އިތުރަށް ޗާޖް ކުރުމަކާއި ނުލައި 200 ކިލޯމީޓަރަށް ދެއްވެއެވެ.

ޕޫނޭގެ ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ މިއީ އަޖުމަ ބެލުމަށް ނެރުނު ބަސްތަކެއް ކަމަށާއި އަމާޒަކީ މިފަދަ 500 ބަސް ޚިދުމަތަށް ނެރެ ބަސްދަތުރުތަކަކީ ތިމާވެށްޓާއި ރައްޓެހި ދަތުރުތަކަކަށް ހެދުން ކަމަށެވެ.

ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ބުނެފައިވަނީ މާލެ ޢާއި ހުޅުމާލޭގެ ބަސް ދަތުރުތަކަށް ތެލާއި ނުލައި ދުއްވޭ ބަސް ތަޢާރަފްކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އިތުރު ތަފްޞީލް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން