ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު މާލޭގެ ބައެއް މަގުތައް ބަންދު ކުރަނީ

ކިޔުމަށް ހޭދަވާނީ 58ސ
ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު މާލޭގެ ބައެއް މަގުތައް ބަންދު ކުރަނީ

ހައުންސިން މިނިސްޓްރީގެ ނިންމުމާއި އެގޮތަށް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު، މާލޭގެ ބައެއް މަގުތައް ބަންދު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. 

މާލޭ ސިޓީ ކައުންސިލުގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކައުންސިލުގެ މާޔަރ ޝިފާ މުޙައްމަދު ވިދާޅުވީ ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 6:30 އިން ފެށިގެން ހެނދުނު 10:30 އާއި ހަމައަށް މާލޭގެ ބައެއް މަގުތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. 

ޝިފާ ވިދާޅުވި ގޮތުގައި މަގުތައް ބަންދުކުރަން ނިންމުމުގެ އެންމެ ބޮޑު ބޭނުމަކީ ތޮއްޖެހިފައިވާ މާލޭގެ މަގުތައް ރައްޔިތުންނަށް ހުޅުވާލާ އާއިލާއާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމުގެ ފުރުސަތު ދިނުން ކަމުގައެވެ.

މީގެއިތުރުން ޝިފާ ވިދާޅުވީ، މާލޭގައި ދުއްވާ ވެހިކަލްތައް ދުއްވޭނެ ވަކި މުއްދަތެއް ކަނޑައަޅައި ދިނުމަށް އެދި މިހާރު ޓްރާންސްޕޯޓު މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. އަދި މާލޭގައި ހުރި ހުސް ބިންތައް ބޭނުން ކުރަން ހަމަޖެހިފައިވަނީ ވެހިކަލް ޕާކް ކުރާނެ ޖާގަ ހެދުމަށާއި ޕާކުތައް ހެދުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން