ށ.ކޮަމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކުރީ 18 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ކޮމަންޑުއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުން މަޢުލޫމާތަކާއި ގުޅިގެން، ޖަނަވަރީ 14 ވަނަ ދުވަހު 02:45 ހާއިރު ހިންގި އޮޕަރޭޝަނެއްގައި މާލެއިން ކޮމަންޑުއަށް އައި ބޯޓަކުންނެވެ. މިމީހާ ހުއްޓުވައި ބަލައިފާސްކުރުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ.