ރޭ ދަންވަރު 2:50 ކަންހާއިރު އއ. މަތިވެރީގައި ރަށު ތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް އެ ރަށު އެސްޓީއޯ ބޭސް ފިހާރައިގެ ތިޖޫރި ވަގަށް ނަގައިގެން ދެ މީހަކު ދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ދެ މީހުން ކައިރީ މަޑުކުރަން ބުނުމުން ތިޖޫރި އެއްލާލުމަށް ފަހު އެ ދެ މީހުން ވަނީ ފިލާފަ އެވެ.

ފުލުހުން ބުނީ އެއީ މަތިވެރީގައި ހިންގާ އެސްޓީއޯ ފާމަސިގެ ތިޖޫރީކަން އެނގުނީ އެ ރަށުގެ ހުރިހާ ފިހާރަތަކާއި އޮފީސްތައް ބެލުމުން ފާމަސީގެ ދޮރުހަލާކުކޮށްލަިގެން ވަދެފައިވާ ކަމާއި ތިޖޫރީ ނެތްކަން އެނގުމުން ކަމަށެވެ.
ތިޖޫރި ވަގަށް ނެގި 2 މީހުން ތިޖޫރީ އެއްލައިލުމަށްފަހު ފިލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ ތިޖޫރި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި އަދި އެ ތިޖޫތީގައި ފައިސާ ހުރިވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.