މިނިސްޓަރު މަޙުލޫފުގެ އެކައުންޓަށް ވެސް އެމްއެމްޕީއާރްސީ ގެ ފައިސާ ޖަމާވި: އޭސީސީ ރިޕޯޓު

ކިޔުމަށް ހޭދަވާނީ 1މ 20ސ
މިނިސްޓަރު މަޙުލޫފުގެ އެކައުންޓަށް ވެސް އެމްއެމްޕީއާރްސީ ގެ ފައިސާ ޖަމާވި: އޭސީސީ ރިޕޯޓު

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް،  އަހުމަދު މަހުލޫފުގެ އެކައުންނަށް ވެސް އެސްއޯއެފްގެ އެކައުންޓުން ޑޮލަރު ޖަމާވިކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުން ދައްކައިފި އެވެ.

 

އޭސީސީ އިން މިއަދު އާންމުކުރި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ރިޕޯޓުގައި އެސްއޯއެފް އެކައުންޓުން ފައިސާ ޖަމާވި އެކައުންޓުގެ ވެރި ފަރާތްތައް ވަނީ އާންމުކޮށްފަ އެވެ. އަދި ފަރާތްތަކުގެ ލިސްޓުގައި މިނިސްޓަރު މަޙުލޫފްގެ ނަންވެސް ހިމެނިގެންވާ ކަމަށް ދައްކައެވެ.

 

ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު (508،860) ރުފިޔާ ޖަމާކޮށްފައިވާކަން އެ ރިޕޯޓުން ހާމަވެފައިވީ ނަމަވެސް އެފައިސާ ޖަމާކޮށްފައި ވަނީ ކޮން ތާރީހެއްގައި ކަމެއް އެނގޭކަށް ނެތެވެ.

 

މަޙުލޫފްގެ އިތުރުން ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވެސް ވަނީ 30،000 ޑޮލަރު (462،600) ޖަމާކޮށްފައިކަމަށާއި އެފްއޭއެމްގެ ސެކެޓްރީ ޖެނެރަލް ބައްސާމް އަދީލް ޖަލީލްގެ އެކައުންޓަށް ވެސް އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވި ކަމަށް އޭސީސީގެ އެރިޕޯޓުން ދައްކަ އެވެ. ރިޕޯޓުގައި ވާގޮތުން އޭނާގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 29،000 ޑޮލަރު (447،180 ރުފިޔާ) އެވެ.

 

ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށްފައިވާ އެސްއޯއެފްގެ އެކައުޓުން ވަނީ 80 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެކި އެކައުންޓުގެ މެދުގައި ޖަމާކޮށްފަ އެވެ.

މިއަދު އޮންލައިން