ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފިއެވެ.
ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސީހް ޕީޕީއެމްގެ ޓިކެޓު ދޫކޮށްލައްވަން ނިންމަވާފައި ވަނީ އެދާއިރާއަށް ވާދަކުރާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ކުރުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅޭ ގޮތުން ޕީޕީއެމްގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ފުވައްމުލަކުގެ ދެކުނު ދާއިރާގެ މެމްބަރު މަސީހަކީ މަޖިލީހުގެ މެމްބަރުކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅެކެވެ.