ބޮޑު ޚިޔާނާތާއި ގުޅޭ ގޮތުން އޭސީސީން ނެރުނު ރިޕޯޓުގައިވާ ބައެއް ކަންކަން ފުލުހުން ތަހުގީގު ކުރަން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 11ސ
ބޮޑު ޚިޔާނާތާއި ގުޅޭ ގޮތުން އޭސީސީން ނެރުނު ރިޕޯޓުގައިވާ ބައެއް ކަންކަން ފުލުހުން ތަހުގީގު ކުރަން ފަށައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން އޭސީސީއިން ނެރުނު ރިޕޯޓްގައިވާ ބައެއް ކަންކަމުގެ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.

އެކޮމިޝަނުން އާންމުކުރި ރިޕޯޓުން ދައްކާގޮތުގައި ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްއަށް ޖަމާކޮށްފައިވެއެވެ. އަދި އެ ކުންފުނީގެ އެކައުންޓުން ބައެއް އަމިއްލަ މީހުންނަށާއި ކުންފުނިތަކަށް ފައިސާ ޖަމާކޮށްފައިވާކަން ވެސް އޭސީސީގެ ރިޕޯޓުން ހާމަވެފައިވެއެވެ.

މީގެއިތުރުން އެމުއާމަލާތްތަކުގައި ބައެއް ފަރާތްތަކުގެ އިހުމާލު ހުރިކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. 

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓިވިއުއެއްގައި ވިދާޅުވީ އޭސީސީގެ ރިޕޯޓްގައި ޖިނާއީ ބައެއް ކަހަލަ ކުށްތަކަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް އެބަ ހުރި ކަމަށާއި ފުލުހުން  އެކަންކަން ބަލައި ދިރާސާކުރަމުންދާ ކަމަށެވެ. 

ހަމީދު ވިދާޅުވީ އޭސީސީގެ ރިޕޯޓްގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި، މަނީލޯންޑްރިންނާއި ފްރޯޑް އަދި ފޯޖަރީ ފަދަ ކުށްތައް ހިމެނޭނަމަ އެކަން ތަހުގީގު ކުރާނެ ކަމަށެވެ. އަދި ފުލުހުންނަށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ލިބިފައިވާ ހެއްކާއި ގަރީނާ، އޭސީސީގެ ރިޕޯޓާ ގުޅޭ މިންވަރު ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު އޮންލައިން