އޭސީސީ އިން ހާމަކުރި ލިސްޓްގަ ހ. ލަކީގެ އެޑްރެހުގަ ހާމަކުރި މީހާއަކީ އެއްވެސް އިރެއްގަ އެގޭގެ ރަޖިސްޓްރީގަ އޮތް މީހެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އޭސީސީ އިން ހާމަކުރި ލިސްޓްގަ ހ. ލަކީގެ އެޑްރެހުގަ ހާމަކުރި މީހާއަކީ އެއްވެސް އިރެއްގަ އެގޭގެ ރަޖިސްޓްރީގަ އޮތް މީހެއް ނޫން!

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން އޭސީސީސީ އިން ހާމަކޮށްފައިވާ ލިސްޓުގައި ހ. ލަކީގެ އެޑްރެހުގައިވާ މީހާއަކީ ދުވަހަކުވެސް އެގޭގެ ރަޖިސްޓްރީގައި އޮތް މީހެއް ނޫން ކަމަށް ގޭގެވެރިފަރާތުން ބުނެފިއެވެ. 

ގޭގެ ވެރި ފަރާތް، ޑޜ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ އެ މީހާއަކީ އެގޭގެ ބައެއްގައި ކުއްޔަށް އުޅުނު މީހެއް ކަމަށާއި ނަމަވެސް ލިސްޓުގައި އެއީ އެގޭގެ މީހެއްކަމަށް ދޭހަވާ ގޮތަށް ބަޔާންކޮށްފައިވާ މައްސަލަ މާދަމާ އޭސީއަށް ހުށަހަޅުއްވާނެ ކަމަށެވެ. 

މީގެ ކުރިން ސަރުކާރުން މިފަދަ މައުލޫމާތު ހާމަކުރަނީ ދާއިމީ އެޑްރެސް އެނގޭ ގޮތަށް ކަމަށްވެފައި މި ލިސްޓުގައި އެ އެޑްރެހަކީ ވަގުތީ އެޑެރެސް ކަމެއް ދާއިމީ އެޑްރެސްކަމެއް އެނގެން ނެތުމުން ޑރ. އިޔާޟް ވިދާޅުވީ އެއީވެސް ކަންތައްތަކެއް ރައްޔިތުންނަށް އޮޅުވާލަން ކޮށްފައިވާ ކަމެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން