މިއީ 4 ޕާޓީ ހިމެނޭ ކޯލިޝަން ސަރުކާރެއް! 4 ޕާޓީއަށް މަޖިލީހުގެ އަގްލަބިއްޔަތު ލިބުނީމަ ސަރުކާރަށް އަގްލަބިއްޔަތު ލިބޭނެ!: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
މިއީ 4 ޕާޓީ ހިމެނޭ ކޯލިޝަން ސަރުކާރެއް! 4 ޕާޓީއަށް މަޖިލީހުގެ އަގްލަބިއްޔަތު ލިބުނީމަ ސަރުކާރަށް އަގްލަބިއްޔަތު ލިބޭނެ!: ޤާސިމް

މިއީ 4 ޕާޓީ ހިމެނޭ ކޯލިޝަން ސަރުކާރެއް ކަމަށާއި 4 ޕާޓީއަށް މަޖިލީހުގެ އަގްލަބިއްޔަތު ލިބުނީމަ ސަރުކާރަށް އަޣްލަބިއްޔަތު ލިބޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޤާސިމް އިބްރާހީމްގެ ކެންޕޭނު ފެށްޓެވުމަށް މިރޭ އދ. ފެންފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަށްޓަކައި ކޯލިޝަނުގައި ހިމެނޭ އެއް ޕާޓީއަކަށް، އެއީ އެމްޑީޕީ ކަމަށް ވީނަމަވެސް މަޖިލީހުގެ މެޖޯރިޓީ ދޭން ނުޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ލިބޭނީ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ. 

އެމްޑީޕީ އިން މިހާރުވެސް އެއްބަސްވުމާއި ޚިލާފަށް ކަންކަން ކުރަމުން ގެންދާކަން ފާހަގަކުރައްވައި ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށްވެސް އެމްޑީޕީން ވަނީ އެއްބަސްވުމާއި ޚިލާފްވެފައި ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދީފި ނަމަ ރައްޔިތުންނަށްވެސް އަދި ސަރުކާރަށް ވެސް ކުރިމަތިވާނީ އިތުރު މައްސަލަތައް ކަމަށެވެ. "އެއީ ކުރަން ހެޔޮވާވަރުކަމެއް ނޫން. ބާރެއް ލިބޭއިރަށް އެއްބަސްވުމާއި ވައުދާއި އަހުދު އުވާލުމަކީ މުސްލިމުންގެ ކިބައި ހުރެގެންވާނެ ސިފައެއް ނޫނެ. އެކަންކަމަށް މާތް ﷲ ބައްލަވައި ވޮޑިގެންވޭ." 

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެއްބަސުވުމުގައި ނެތްކަމަށް އެމްޑީޕީން ބުނި ނަމަވެސް އެފަދަ އެއްބަސްވުމެއް އޮންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. 

މިއަދު އޮންލައިން