ގއ. ވިލިނގިލީ ހަރުގެއެއް ކައިރީގަ މަރުވެފަ އޮތް ފިރިހެނަކު ފެނިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ގއ. ވިލިނގިލީ ހަރުގެއެއް ކައިރީގަ މަރުވެފަ އޮތް ފިރިހެނަކު ފެނިއްޖެ!

ގއ. ވިލިނގިލީ އިތުރުކޮޅު ހަރުގެއެއް ކައިރީގައި މަރުވެފަ އޮތް ފިރިހެނަކު، ޕެޓްރޯލް ކުރަމުން ދިއަ ފުލުހުންގެ ބައަކަށް ފެނިއްޖެއެވެ. ފުލުހުން ބުނީ އެއީ 39 އަހަރުގެ އަންހެނެއް ކަމަށާއި ހޮސްޕިޓަލަށް ގެންދިއައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ މިއަދު 7 ޖަހައި އެހާކަންހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

މައްސލަ ތަޙްޤީޤް ކުރަމުން ގެންދާ ކަމަށާއި ތަޙްޤީޤަށްފަހު އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފެނިފައިވަނީ ބޮޑެތި ޒަޚަމްތަކަކާއިއެކުގައެވެ. އޭނާ ގެއްލިގެން ރެއިންސުރެ ދިއައީ ހޯދަމުންނެވެ. އަދި އޭނާ ގެއްލިގެން ވަނީ ރޭ 10.30 ހަިއިރު ރިޕޯޓްވެސް ކޮށްފައެވެ.

މިއަދު އޮންލައިން