ބާރު ސްޕީޑްގަ ދުއްވި ޕްރައިވެޓް ކާރެއް ހައިވޭގެ ފެންސް ފަޅާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ބާރު ސްޕީޑްގަ ދުއްވި ޕްރައިވެޓް ކާރެއް ހައިވޭގެ ފެންސް ފަޅާލައިފި

ބާރު ސްޕީޑްގަ ދުއްވި ޕްރައިވެޓް ކާރެއް ހައިވޭގެ ފެންސްގައި ޖެހި ފެންސް ފަޅާލައިފިއެވެ. ފުލުހުނ ބުނީ ކާރު، ފެންސް ފަޅާލާފައި ގޮސް ހޮޅި ދަނޑިއެއްގައި ޖެހި އަދި މޫދު ތޮށިގަނޑުގައިވެސް ޖެހިފައިވާ ކަމަށާއި މި ޙާދިސާ ހިނގާފައިވަނީ ދަންވަރު 3.05 ހައިއިރު ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިހާދިސާ ހިނގާފައިވަނީ ކާރު ބާރު ސްޕީޑްގައި ދުއްވުމުން ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ.

މިހާދިސގައި އަނިޔާވެފައިވަނީ 20 އަހަރުގެ ފިރިހެނަކަށާއި 24 އަހަރުގެ ފިރިހެނަކަށެވެ. މީގެ ތެރެއިން 24 އަހަރުގެ މީހާގެ އަތުގައި ލައިސަންސް އޮތް ކަމަށާއި ދެމީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ވެފައިވީ ނަމަވެސް ސީރިއަސް އަނިޔާއެއް ނުވާ ކަމަށެވެ.

 

މިއަދު އޮންލައިން