ފުލުހުން ބަލަމުން ގެންދާ ބްލެކްމޭލް ކުރުމުގެ މައްސަލައަކާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ދެ މީހުން ހައްޔަރު ކުރީ ކ. ހުރާ އިން ކަމަށާއި މިދެ މީހުންނަކީ 50 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނަކު ކަމަށެވެ.
އަދި މި 2 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.